ނަހަމަ ގޮތްތަކަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ޕީޕީއެމުންހިންގަމުން ގެންދިއުމާއި ސިވިލް ސަރވިސްގެ އާއި ދައުލަތް ހިމެނޭ ކުންފުނިތަކުގެ މުއައްޒަފުންނާ ކުރިމަތިކުރުވާ މަޖުބޫރީ ހާލަތާ ދެކޮޅަށް “މަޝްވަރާ ޕެނަލް”

ނަހަމަ ގޮތްތަކަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ޕީޕީއެމުންހިންގަމުން ގެންދިއުމާއި ސިވިލް ސަރވިސްގެ އާއި ދައުލަތް ހިމެނޭ ކުންފުނިތަކުގެ މުއައްޒަފުންނާ ކުރިމަތިކުރުވާ މަޖުބޫރީ ހާލަތާ ދެކޮޅަށް “މަޝްވަރާ ޕެނަލް” އެއް، ފެބްރުއަރީ 22 ވަނަ ދަވަހު ފެއްޓެވުމަށް މޯލްޑިވެސް ޔުނައިޓެޑް އޮޕޮޒިޝަން ގެ ޝެޑޯ ކެބިނެޓުން ނިންމަވައިފިއެވެ.

ޖަލްސާތަކަށް މަޖުބޫރުން ސަރުކާރުގެ އަދި ސަރުކާރު ހިމެނޭ ކުންފުނިތަކުގެ މުވައްޒަފުން ގެންދާ މައްސަލައާ ގުޅޭގޮތުން އެ މީހުން ހޭލުންތެރިކޮށް، އަމަލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު މި މަޝްވަރާތަކުގައި ހިމެނޭނެ ކަމުގައި ޝެޑޯ ކެބިނެޓްގެ މެމްބަރުން ފާހަގަ ކުރައްވައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ގައި ބައިވެރިވުމާއި، ތައްޔާރީ ތަކުގައި ހިމެނޭ ކަންކަމާބެހޭ މަޝްވަރާ ގައި އެކަންކަމާއި ގުޅޭ ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލެއްވުމަށާ އަދި މަޝްވަރާއަށްފަހު ނާއިބު ލީޑަރ ޞިފާ މުހަންމަދު ގެ ބެއްލެވުމުގެ ދަށުން މާލޭން އެފަދަ ކޮމިޓީ ހަމަޖެއްސެވުމަށް ވެސް އިއްޔެގެ ޝެޑޯ ކެބިނެތް ބައްދަލުވުމުގައި މެމްބަރުން ވަނީ ނިންމަވާފައެވެ