ވާދަވެރި އިއްތިހާދު ރޫޅާލެވޭތޯ ސަރުކާރުން ހިންގާ ޣައިރު ގާނޫނީ ޢަމަލުތައް ހުއްޓާލައި، ފުލުހުން ގާނޫނީ މަގަށް އެނބުރި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްދެއްވުމަށް ދެންނެވުން

ދިވެހި ދަވްލަތުގެ ވާދަވެރި ސިޔާސީ އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދަށް އަމާޒުކުރައްވައިގެން ރައީސް ޔާމީނު ޢަބްދުލް ގައްޔޫމްގެ ސަރުކާރު ނަހަމައިން ހިންގާ ޢަމަލުތަކަކީ، އުފެދުނު ދުވަހާ ހަމައިން މި އިއްތިހާދު ރޫޅާލެވޭތޯ ކުރެވޭ ނާކާމިޔާބު މަސައްކަތެއް ކަމުން، އެ ދަހިވެތި ސިޔާސީ ރޭވުމުގައި ޝާމިލް ކުރާ ކުރުމުން ފުލުހުން އެއްކިބާވުމަށް ދަންނަވަމެވެ.

ފަހުގެ ރަސްމީ އޯޑިޓް ރިޕޯރޓް ތަކުން ފެންނާންއޮތް ދިވެހިރާއްޖެ ދުވަހަކުވެސް ދެކިފައިނުވާ ފަދަ ބޮޑު ކޮރަޕްޝަނުގެ މުޢާމަލާތްތަކުގެ ނާރެހަކީ ރައީސް ޔާމީނު ޢަބްދުލްޤައްޔޫމް ކަމުގައި ވަންހަނާ ނުކުރެއްވުނަސް ގާނޫނާ އިންޞާފުން އެއްކިބާވެ ވަޑައިގެން ހުންނެވުމަށާ، ސިޔާސީ ވާދަވެރިން ނައްތާލެއްވުމަށް އެމަނިކުފާނު އެ ކުރައްވާ ޣައިރުގާނޫނީ ފިނޑި ޢަމަލުތަކުގެ ސިލްސިލާގައި ބައިވެރި ނުވެ، ފުލުހުން ގާނޫނީ މަގަށް އެނބުރި، ދަވްލަތުގެ ބައިތުލްމާލުން ވައްކަންކުރައްވާފައިވުމުގެ ތަހްގީގަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ހައްޔަރު ކޮށްދެއްވުމަށް ދިވެހި ފުލުހުންނަށް ދަންނަވަމެވެ. އަދި މިވަގުތަށް މުހިންމުވެފައިވާ ކަރަޕްޝަނާއި މަނީ ލޯންޑްރިންގް ގެ ބައިނަލްއަގްވާމީ ތަހްގީގުތަކަށްވެސް ދިވެހި ފުލުހުންގެ އެއްބާރުލުން ދެއްވޭނެ ފެންވަރަށް އެ ތަހްގީގު ހިންގަވައިދެއްވުމަށްވެސް ދަންނަވަމެވެ.

ސަރުކާރުގެ ޙުދުމުޚުތާރުކަން ހިފަހައްޓައިދިނުމަށާއި ސިޔާސީ ވާދަވެރިންނަށް ހަމަލާދިނުމުގައި  ފުލުހުންގެ ބޭނުން ނަހަމައިން ހިފުމުގެ ޢަމަލުތަކުގައި ބައިވެރިކުރުވާކަމަށް ފާހަގަކުރެވޭ ނިސްބަތުން މަދު ފުލުހުން ނަށްވުރެ  މޯލްޑިވްސް ޕޮލިސް ސަރވިސަސް ގައި ގިނައީ ރައީސް ޔާމީނުގެ ސިޔާސީ ވަކިތަކުން ސަލާމަތްވެ ތިބެ ފުލުހުންގެ މަސައްކަތްތައް ފަންނީ އަދި ގާނޫނީމަގުން ކުރެއްވުމަށް ޝައުގުވެރިކަން ހުރި ސަލާމަތީ ޙިދްމަތްތެރީން ކަމުގައި ފާހަގަކުރެވެއެވެ. އެއްވެސްމީހަކު ސަލާމަތީ ޚިދްމަތްތެރިއަކަށް ޣައިރު ގާނޫނީ އަމުރެއްކޮށްގެންނުވާނެ ކަމަށާއި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ބުނާކަމުގެ ހޭލުންތެރިކަމާއި ގައުމީ ލޯބި ހިތްތަކުގައި ދިރޭ ފުލުހުން މިހާރު ގިނަވާނެކަމުގައިވެސް ފާހަގަކުރެވެއެވެ.

 މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު ހުންނެވީ ދިވެހި ފުލުހުންނަށް ހުރިހާ އެއްބާރުލެއްވުމެއް ދެއްވުމަށެވެ. ފުލުހުން ދިވެހި ރާއްޖޭގެ ގާނޫތަކާމެދު ބާއްވަވަންޖެހޭ އަހަމިއްޔަތުކަން ކުރިއަށްނެރުއްވުމަށް ދަންނަވަމެވެ. އަދި، އިރާދަފުޅާއެކު ޑރ. މުޙަންމަދު ޖަމީލް އަޙުމަދު ރާއްޖެ ވަޑައިގަންނަވާނީ ރަސްމީ ލިޔެކިޔުމުންނާއި އެކި ތަފާތު ކިތާބީ ހެކިތަކާއިއެކު ތަކުރާރުކޮށް ހުށައެޅިފައިވާ މަނީލޯންޑަރިންގ އާއި ކޮރަޕްޝަނުގެ ތަހްގީގަށް ރައީސް ޔާމީނު ޢަބްދުލްޤައްޔޫމް ދިވެހި ފުލުހުން މެދުވެރިކުރައްވައި ހައްޔަރުކުރެއްވުމުގެ މޯހިރުގައި ކަމަށް ދެންނެވީމެވެ.

ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ  އަސާސީ ހައްގުތަކާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، ނޫސްވެރިކަމުގެ މިނިވަންކަން ބަންދުކުރާން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކުށްވެރިކޮށް މިނިވަން މީޑިއާ ހިންގަވާ ވެރިންނަށާއި، ސިޔާސީ ވާދަވެރިން ނައްތާލުމަށް ސަރުކާރުން ދެއްވާ ސިޔާސީ ފިނޑި ހަމަލާތަކުގައި ފުލުހުން ޝާމިލް ވުން ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ.