އެމްޔޫއޯ ގެ ސިޔާސީ މަގުމަތީ ހަރަކާތްތައް އައްޑޫ ސިޓީގައި. ފޭދޫ ޖަލްސާ އަކީ އެހެން އަތޮޅުތަކާއި ރަށްތަކުގެ ބައިވެރިވުން ފެށިގެން ދިއުމުގެ ރަމްޒެއް

28 ޖުލައި 2016 އައްޑޫ ސިޓީ – އެމްޔޫއޯ ގެ ސިޔާސީ މަގުމަތީ ހަރަކާތްތައް މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް ފެށިއްޖެއެވެ. 28 ޖުލައި 2016 ވީ ބުރާސްފަތިދުވަހުގެ ރޭ އެމްޑީޕީ ފޭދޫ ހަރުގެ ކުރިމަތީ ބޭއްވިގެން ދިޔަ އެމްޔޫއޯ ޖަލްސާ އަކީ އެހެން އަތޮޅުތަކާއި ރަށްތަކުގެ ބައިވެރިވުން ފެށިގެން ދިއުމުގެ ރަމްޒެއް ކަމުގައި އެމްޔޫއޯ އަށް ތާއީދު ކުރައްވާ އައްޑޫ ސިޓީ ގެ މެމްބަރުން ފާހަގަކުރައްވައެވެ.

ފޭދޫގައި ބޭއްވުނު އެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަލީ ނިޒާރު ފަދަ އައްޑޫ ސިޓީގެ މުހްތަރަމް އަދި މަގްބޫލް މެމްބަރުން ތަގްރީރު ކުރެއްވިއެވެ. ރާއްޖޭގައި އެތެރެ ފެންނަ، މިނިވަން، އިންޞާފުވެރި، ހިމެނެވޭ އަދި އިތުބާރު ކުރެވޭ އިންތިޚާބެއް  ބޭއްވުމުގެ ކުރީން އިންތިގާލީ މަރުހަލާއެއް ގާއިމުކުރުމުގެ މުހިންމުކަމާއި މެދު ރޭގެ ޖަލްސާގައިވެސް ފާހަގަކުރެވިގެން ދިޔައެވެ.

އަނިޔާވެރިކަމުން މިންޖު ކުރެއްވުމަށާއި ސިޔާސީ ހައްޔަރީންގެ މިނިވަންކަމަށް މާތްﷲ ހަޞްރަތު ގައި ގިނަބަޔަކު ބައިވެރިވެގެން ދުޢާދެންނެވުން އައްޑޫ ސިޓީގެ ހިތަދޫ މަސްޖިދުލް އިކްރާމް އާއި ފޭދޫ ހުކުރު މިސްކިތް ކުރިމަތީ ހުކުރު ނަމާދަށް ފަހު ބޭއްވުމަށް ވެސް ވަނީ އިންތިޒާމް ކުރެވިފައެވެ.

އައްޑޫސިޓީ ގައި ފެށިގން ކުރިއަށްދާ އެމްޔޫއޯ ގެ ސިޔާސީ މަގުމަތީ ހަރަކާތްތައް މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތީ މަރަދޫ ފޭދޫ ބޮޑުމަގުގައި ހުންނަ “ދިވެހި ފެހުން” ކުރިމަތީގައެވެ.

އެމްޔޫ އޯއިން މާލޭގައި ބާއްވަމުންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތައްވެސް އެމްޑީޕީ ހަރުގެ ކުރިމަތީ އަދި ސޯސަންމަގުގައި ހުންނަ އެޕާޓީގެ އޮފީސް ކުރިމަތީ ވަނީ 21 ޖުލައި 2016 އިން ފެށިގެން ކޮންމެރެއަކު ކުރިއަށްގެންދަވާފައެވެ.  އަދި އަނިޔާވެރިކަމުން މިންޖުކުރައްވައި ސިަޔާސީ ހައްޔަރީންގެ މިނިވަންކަން އަދައި މާތްﷲ ހަޞްރަތުގައި ގިނަބަޔަކު ބައިވެރިވެގެން ދުޢާދެންނެވުން މިއަދުވެސް އިސްލާމީ މަރުކަޒު ކައިރީ އަދި އެހެން މިސްކިތްތަކުގައި ހުކުރު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.